މާފަންނުގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން މިއަދު ”ސައުވީސް“ އަށް މައުލޫމާތު ދެމުން ބުނީ މާފަންނުުގެ ގެއެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ނިޔާވެފައި އޮތްވާ ފެނިގެން މިއަދު ހަވީރު 04:40 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނުނީ މ. އަލުވިމާގެ އާގެ، މުހައްމަދު ހިސާމް (40އ.) ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.


