ރ. ދުވާފަރުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 51 ބިދޭސީއަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް، ރ. ދުވާފަރުގައި އިއްޔެ ޓާސްކް ފޯސްއިން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ދުވާފަރު ކައުންސިލްގެ އެއްބާރުލުމާއެކު ހެނދުނު 8:00 އިން ހަވީރު 5:45 އަށް ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
އެ އޮޕަރޭޝަންގައި 100 އަށްވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށް، އޭގެތެރެއިން 51 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފައި ވެެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުލޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އޮޕަރޭޝަން ކުރަނގީގެ ނަމުގައި ސަރުކާރުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.



