މުޒާހަރާތަށް ލައިވްކޮށް ބްރޯޑްކާސްޓު ކުރުމުގައި ޤާނޫނާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފިއެވެ.
ބްރޯޑްކޮމް އިން މިހެން ބުނެފައި ވަނީ މި ދުވަސްވަރު މާލޭގައި ކުރަމުންގެންދާ މުޒާހަރާތަށް ލައިވްކޮށް ބްރޯޑްކާސްޓު ކުރުމާ ގުޅޭގޮތުންް މިއަދު ނެރުނު ސާކިއުލާއެއްގައެވެ.
ބްރޯޑްކޮމް އިން ބުނީ އެއްވެ އުޅުމުގެ ޤާނޫނުގައި މުޒާހަރާތައް ބްރޯޑްކާސްޓް ކުރާނެ ގޮތާއި، ބްރޯޑްކާސްޓު ކުުރުމުގެ ޤާނޫނުގައި ބްރޯޑްކާސްޓުކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާން ކޮށްފައި ވާނެ ކަމަށެވެ.
އެހެންކަމުން ބްރޯޑްކާސްޓަރުން މުޒާހަރާތަކާއި އެއްވުންފަދަ ހަރަކާތްތައް ބްރޯޑްކާސްޓު ކުރުމުގައި އަމަލުކުރަންވާނީ އެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާގޮތަށް ކަމަށް ބްރޯޑްކޮމް އިން ބުނެފައި ވެއެވެ.
ބްރޯޑްކޮމް އިން ވަނީ ބްރޯޑްކާސްޓު ކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުގެ ދަށުން އެ ކޮމިޝަނުން އެކުލަވާލާފައިވާ ސުލޫކީ މިންގަނޑަކީ ހުރިހާ ވަގުތެއްގައިވެސް ބްރޯޑްކާސްޓަރުން އެއާއި އެއްގޮތަށް އަމަލުކުރަންޖެހޭ މިންގަނޑެއްކަމަށާއި އެ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅާނެ ކަމަށް ބުނެފައެވެ.
މިގޮތުން މުޒާހަރާތަކާއި އެއްވުންފަދަ ކަންކަން ލައިވްކޮށް ބްރޯޑްކާސްޓް ކުރަން ވާނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގަވައިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާ ހިލާފު ނުވާގޮތަށް ކަމަށް ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.
އަދި އެ އުސޫލުތަކާއި ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ.



