ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި މިލިއަނަކަަށްވުރެ ގިނަ ސިނގިރޭޓް މިއަދު ނައްތާލައިފިއެވެ.
މިކަންހާމަކޮށް ކަސްޓަމްސް އިން ކުރި ޕޯސްޓެއްގައި ބުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 1 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް މިއަދު ނައްތާލާފައިވާ ކަމަށެވެ.
އެގޮތުން ނައްތާލާފައި ވަނީ 1،359،180 ސިނގިރޭޓް ކަމަށް ކަސްޓަމްސް އިން ހާމަކުރެެއެވެ.
އަދި އެ ސިނގިރޭޓުތައް ނައްތާލާފައި ވަނީ ދޫނިދޫގައި ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމަށް ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ފިޔަވަޅުތައް އަޅަމުން އަންނަނީ އާންމު ސިއްހަތުގެ ނަޒަރަކުން ވިސްނާފައި ކަމަށް ސަރުކާރުން ހާމަކުރެއެވެ.



