މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން “ ބެލެނިވެރިންގެ ހޮޅުއަށި“ގެ ނަމުގައި ބޭއްވި ހާއްސަ ސެޝަނެއް ކާމިޔާބުކަމާއެކީ ރޭގައި ނިންމާލައިފިއެވެ.
މި ސެޝަންގައި ގޭމިންގެ ނުރައްކާތަކާއި، ސޯޝަލް މީޑިއާގެ ނުރައްކާތަކާއި، ސައިބާ ކްރައިމްތަކާއި، އަދި އެތައް ކަމަކާ ގުޅިގެން އޮންލައިންކޮށް ދަރިފުޅު ރައްކާތެރިކުރަން ދަސްކޮށްކޮށްދިނުމަށް ބެލެނިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.
މި ސެޝަން ކުރިއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައެވެ.
”ބެލެނިވެރިންގެ ހޮޅުއަށި“އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބޭއްވި ސެޝަންތަކެކެވެ.




