ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރުއާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުން މިރޭ ބާއްވާ ޖަލްސާ ހުޅުވާލަން އަޒްމިރަލްދާގެ ފަރާތުން އެދިވަޑައިގެންފިއެވެ.
ޖޭއެސްސީން ބަލަން ފެށި މި މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް، މަސާޖު ޕާލަރަކުން ހައްޔަރުކުރުމުން އޭނާގެ ބަންދަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެވެ. މި މައްސަލައާ ގުޅިގެން އަޒްމިރަލްދާއާއި މަހާޒު ވަކިކުރަން ޖެހޭ ކަމަށް އެ މައްސަލަ ތަހުގީގު ކުރި ކޮމިޓީން ނިންމައި، ރިޕޯޓެއް ތައްޔާރުކޮށްފައިވެއެވެ.
މިރޭ އޮތީ، ކޮމިޓީން ތައްޔާރުކުރި ތަހުގީގު ރިޕޯޓުގައިވާ ގޮތަށް ފަނޑިޔާރުން ވަކިކުރަން ޖެހުތޯ ގޮތެއް ނިންމުމެވެ. ޖޭއެސްސީގެ މި ބައްދަލުވުން އޮތީ މިރޭ 8:00 ގައެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން، މި ބައްދަލުވުން އާންމުކޮށް ހުޅުވާލުމަށް އެދި ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އޭނާ އެދިލައްވާފައިވާ ކަންތައްތަކަކީ:
° ޖޭއެސްސީގެ ބައްދަލުވުމަށް ގާނޫނީ ވަކީލަކާ އެކު އަޒްމިރަލްދާ ހާޒިރުވެވަޑައިގެން ދިފާއީ ހެކި ހުށަހަޅުއްވައި ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވުމަށް
° އަޒްމިރަލްދާ ހާޒިރުވެވަޑައިގެން ބާއްވާ އަޑުއެހުމާއި ކޮމިޝަނުގެ ބައްދަލުވުން ވެސް ހުޅުވާލައިގެން ބޭއްވުމަށް
° ތަހުގީގު ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅުން ކޮމިޝަންގެ ނިންމުމުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށް
° އޭގެ ތެރޭގައި ކޮމިޓީގައި މަސައްކަތްކުރެއްވި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު، ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު މުހައްމަދު، ވަކީލުން ތަމްސީލްކުރާ މެންބަރު އަލީ އަބްދުއްލަތީފް އަދި ދުވަސްކޮޅަކު ކޮމިޓީގައި މަސައްކަތްކުރެއްވި ބަންޑާރަ ނައިބު އަހުމަދު އުޝާމް ހިމެނޭ



