ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ޝާމީ އާދަމް، އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
މިކަމާ ގުޅޭގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނިގޮތުގައި، އާރުޑީސީގެ ޗެއާޕާސަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުގެ މެމްބަރުކަމުން، މ. އެމޭޒަން މުހައްމަދު ޝާމީ އާދަމް، އިއްޔެ ވަކިކޮށްފައިވާ ކަމަށެވެ. އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ބޯޑު މެމްބަރުކަމުން ވެސް ޝާމީ ވަކިކޮށްފައިވާ ކަމަށް ޕީސީބީން ބުނެފައިވެއެވެ.
މި މަގާމުތަކުން އޭނާ ވަކިކުރި ނަމަވެސް، ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
އާރުޑީސީގެ ޗެއާމަންގެ މަގާމަށް ޝާމީ އައްޔަނުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނުއަރީ މަހުގެ ތެރޭގަ އެވެ.



