މެލޭޝިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ އަންވަރު އިބްރާހީމް ދެއްވި ރަސްމީ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މެންދުރުގެ މި ފަރިއްކޮޅު ބާއްވަވާފައި ވަނީ މެލޭޝިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެ ކޮޅުގައެވެ.
މި ފަރިއްކޮޅުގައި މެލޭޝިއާގެ ބޮޑުވަޒީރާއި، މެލޭޝިއާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެެވެ.
ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމާމެދު މަޝްވަރާކުރައްވާނެއެވެ.


