މާފަންނު ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު އިބްރާހިމް ހަސީބު 28އ ގެ އޮޓޮޕްސީ ހެދުމަށްފަހު އާއިލާއާ ހަށިގަނޑު ހަވާލުކޮށްފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު ހަވީރު މަރުވެފައި އޮއްވާ ފެނުނީ އދ. ދަނގެތި، ހަވީރީ މަންޒިލް، އިބްރާހިމް ހަސީބު، 28އ. އެވެ.
އެ ހާދިސާ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ އެ ދުވަހުގެ ހަވީރު 05:18 ހާއިރުއެވެ.
ހަސީބުގެ މަރާ ގުޅިގެން ސުވާލުތަކެއް ހުރުމުން ފުލުހުން ވަނީ އެކަން ތަހުގީގު ކުރުމަށް އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދާފައެވެ.
އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސް އާއިލާއާ ހަވާލުކުރުމުން ވަޅުލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ފުލުހުން ބުނީ ހަސީބުގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



