އަންހެން އިލެކްޓްރިޝަނުން ތަމްރީނު ކުރަން ސްޓެލްކޯ އިން ކުރިއަށް ގެންދިޔަ ”ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން“ ކުރިއަށް ގެންގޮސް ކާމިޔާބު ކަމާއެކު އެ ކޯސް ނިންމާލައިފިއެވެ.
އެ ކޯސް ކުރިއަށް ގެންގޮސްފައި ވަނީ 3 ދުވަހުގެ މުއްދަތަށެވެ.
ސްޓެލްކޯ އިން ބުނީ އެ ކޯހުގައި ރައްކާތެރި ގޮތުގައި ކަރަންޓު ބޭނުންކުރުމަށް ކިޔައިދީފައިވާ ކަމަށެވެ.
އަދި ކަރަންޓަށް ކުރާ ހަރަދު ކުޑަކުރުމުގެ އިތުރުން ކަރަންޓް ވަޔަރު ކުރުމުގެ އަސާސީ މައުލޫމާތު ވެސް ކިޔައިދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.
ސްޓެލްކޯ އިން ބުނީ އެ ކޯހުގެ ފުރަތަމަ ބެޗު 16 އަންހެން ކަނބަލަކު ފުރިހަމަކޮށްފައިވާ ކަމަށެވެ.
މިއީ ކަރަންޓަށް ހޭލުންތެރި ކުރުވުމަށާއި އަންހެނުންގެ މެދުގައި ކަރަންޓުގެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ކޯހެއް ކަމަށް ސްޓެލްކޯ އިން ހާމަކުރެއެވެ.



