މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު ކަމަށް އައިޝަތު އަސްނާ ހަމްދު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. މި މަގާމަށް އަސްނާ ހަމަޖައްސަވަން އޭނާގެ ނަން ފޮނުވިއިރު އޭނާ މިވަގުތު ހުންނެވީ އެ ބޭންކުގެ މެނޭޖިންގް ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.
އަސްނާ އެ މަގާމަށް އިސްކުރުމަށް ރައީސް މުޢިއްޒު އޭނާގެ ނަން ފޮނުއްވާފައިވާކަން މިއަދުގެ މަޖިލިސް ޖަލްސާގައިވަނީ އިއުލާނު ކޮށްފައެވެ. އަދި އެ މަގާމަށް އޭނާ އައްޔަނު ކުރަން މަޖިލީހުން ރުހުން ދިނުމުގެ ކުރިން، މާލިއްޔަތު ކޮމިޓީން އެކަން ދިރާސާ ކުރުމަށް ވެސް ވަނީ ފޮނުވާފައެވެ.
އެމްއެމްއޭގެ ގަވަރުނަރުކަމާ އަހުމަދު މުނައްވަރު ހަވާލުވުވުމަށް ފަހު އެ ބޭންކުގެ ޑިޕާޓްމަންޓުތަކުގެ ވެރިންނަކީ މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. އެގޮތުން އަސްނާ މިވަގުތު ހުންނެވީ އެމްއެމްއޭގެ މާލީ އިދާރާ ކުރިއެރުވުމާ ގުޅޭ ޑިޕާޓްމަންޓުގެ ވެރިޔާގެ ވެސް ގޮތުގައެވެ.
އަސްނާ އެމްްއެމްއޭގައި ހިދުމަތް ކުރައްވާތާ މިހާތު 15 ވަރަކަށް އަހަރު ވަނީ ވެފައެވެ.




