ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުުން ތައާރަފުކޮށްފައިވާ ”ބޭންކް ފަންޑް“ އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބީއެމްއެލް އިން ބުނީ މި ފަންޑަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށް ކަމަށެވެ.
މި ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުރިވަރު އަދި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ފަސް ޕްރޮޖެކްޓެއް ހޮވާނެއެވެ. އަދި ކޮންމެ ޕްރޮޖެކްޓަކަށް 200،000ރ. ގެ ހިލޭ އެހީ ދޭނެ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.
ބީއެމްއެލްއިން ބުނީ، މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ސުންގަޑިއަކީ މެއި 29 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކަމަށެވެ.
ބީއެމްއެލް ބޭންކް ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް bankfund@bml.com.mv އަށް ހުށަހެޅޭނެއެވެ.
ބީއެމްއެލް އިން ބުނީ މި ފަންޑަކީ ޖަމިއްޔާތައް ބާރުވެރި ކުރުމަށާއި ޖަމިއްޔާތަކުން ހިންގާ ދެމެހެއްޓެނެވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން މިދިޔަ އަހަރު ތައާރަފްކުރި ފަންޑެއް ކަމަށެވެ.




