މާލޭގައި މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްްއެންޑީއެފް) އިން ބުނެފިއެވެ.
މިކަންހާމަކޮށްފައި ވަނީ އެމްއެންޑީއެފް އިން އެކްސް ގައި ކުރި ޕޯސްޓެއްގައެވެ.
އެމްއެންޑީއެފުން ކުރި ޕޯސްޓުގައި ބުނީ މާލޭގެ އުސްފަސްގަނޑު ދިމާ ބޭރުން މިރޭ 23:30 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއް ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
ސިފްކޯއިން މީގެ ކުރިން ވެސް ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ވަނީ ހަވާ އަރުވައިދީފައެވެ.
ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލޭގައި ހަވާ އަރުވާފައެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް ވަނީ ހަވާ އަރުވާފައެވެ.




