މާލޭ ވިޔަފާރި ބަނދަރަށް ބާލާފައިހުރި މުދާތަކުގެ ތެރެއިން ނުގެންގޮސް ހުރި ބައެއް މުދާ ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ހުޅުވާލައިފިއެވެ.
އެމްޕީއެލްއިން ބުނީ މި ނީލަން އޮންނާނީ މިމަހުގެ 10ވަނަ ދުވަހު މެންދުރުފަހު 2:00 އިން އޭގެ އަނެއް ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ކަމަށެވެ.
ނީލަމުގައި ބައިވެރި ކުރާ މުދާތައް ބަލައިލުމަށް ނަން ނޯޓު ކުރުމަށް ހަމަޖެހިފައިވަނީ މި މެއި މަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު 3:30 ގެ ކުރިން، އޮކްޝަން ޕޯޓަލަށް ވަދެ މުދާ ބެލުމަށް ހުށަހަޅައިގެންނެވެ. މުދާ ދައްކާލުން އޮތީ އެ ދުވަހުގެ ހަވީރު 4:30 ގައެވެ.
މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލުގައި ބައިވެރިވާން ސަބްސްކްރައިބް ކޮށްގެންނެވެ.
ނީލަމަށް ކިޔުން އޮންނާނީ އޮންލައިންކޮށް، މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން ފެށިގެން މެއި 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.
އޮކްޝަންގައި ބައިވެރިވެވޭނެ ޕޯޓަލް: http://auction.port.mv
ވައިބަރ ކޮމިއުނިޓީ: http://tinyurl.com/bdubfrny
ގެޒެޓް (ތަފްސީލު): http://bit.ly/42VGfz6



