މާލޭގެ ގެއެއްގެ ބެލްކަންޏެއްގެ ބައެއް ވެއްޓި މަގުމަތީގައި ހުރި މީހަކަށް އަނިޔާވެއްޖެ އެވެ.
ބެލްކަނިން ބައެއް ވެއްޓިފައި ވަނީ މާލޭގެ ސޯސަން މަގުގައި ހުންނަ ގެއަކުންނެވެ.
މިކަންހާމަކޮށް ފުލުހުން ބުނީ ސޯސަން މަގުގައި ހުންނަ ގެއެއްގެ ދެވަނަ ފްލޯގެ ބެލްކަނިން ބައެއް މަގުމައްޗަށް ވެއްޓިފައިވާ ކަމުގެ މަޢުލޫމާތު ރޭ 6:18 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގި ވަގުތު މަގުމަތީގައި ހުރި މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ ބެލްކަނިން ވެއްޓި ޒަހަމްވި 28 އަހަރުގެ އަންހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ކަމާ ގުޅޭ އިދާރާތަކަށް ހިއްސާކޮށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.



