ޔަހޫދީ އިޒްރޭލުން އިއްޔެ އެއް ފަހަރާ 3 ޤައުމަކަށް ވައިގެ ހަމަލާދީފިއެވެ.
އެގޮތުން އިޒްރޭލުން އިއްޔެ ވައިގެ ހަމަލާތައް ދީފައިވަނީ ފަލަސްތީނު (ޣައްޒާ)، ސީރިއާ އަދި ޔަމަނަށެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިހަމަލާތަކުގެ ސަބަބުން 54 މީހަކު ވަނީ މަރުވެފައެވެ.
އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، ޣައްޒާއަށް އަލަށްދޭ ހަމަލާތަކަށްފަހު އެ ޤައުމުން 2 މިލިއަނަށްވުރެ ގިނަ މީހުން ޣައްޒާއިން ގަދަބާރުން ބޭރުކުރާނެ ކަމަށެވެ.
ޣައްޒާގައި މިހާރު ހުރި ހޮސްޕިޓަލަށް ވެސް ހަމަލާއެއް އަތުވެދާނެކަމުގެ ބިރު އުފެދިފައިވާއިރު، ނަތަންޔާހޫގެ އެ ވާހަކަތަކަށްފަހު މީގެ 48 ގަޑިއިރު ފަހުން އެ ހޮސްޕިޓަލަށް ވެސް ވަރުގަދަ ހަމަލާއެއް އަތުވެދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދިނުމުގެ އިތުރުން، އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ލިބުންވެސް ވަނީ ހުއްޓުވާފައެވެ. އެގޮތުން ޣައްޒާއަށް ކާބޯތަކެތި ލިބުން ވެސް ހުއްޓުވުމުގެ ސަބަބުން އެ ޤައުމުން އެތައް ސަތޭކަ ރައްޔިތުންނެއް ބަނޑުހައި ހޫނުކަމުގައި ވަނީ މަރުވެފައެވެ.



