މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، އެއްގަމު އުޅަނދު ދުއްވުމުގައާއި ކަނޑު ދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެއްގަމު އުޅަނދު ދުއްވާއިރުގައާއި ކަނޑުދަތުރު ކުރާއިރު ތިރީގައިވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށެވެ.
އެއްގަމު އުޅަނދު ދުއްވާއިރު:
° ކޮންޓްރޯލު ކުރެވޭ މިންގަނޑެއްގައި އުޅަނދު ދުއްވުން
° ވިއްސާރައިގައި އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުން
° ވަޔާއެކު ހަލާކުނުވާނެ ވިއްސާރަ ކޯޓު ބޭނުންކުރުން
° ބުރުގާ އަޅާ ފަރާތްތަކުން، ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނޭހެން ބެހެއްޓުން
° އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުން
° ސައިކަލު ދުއްވާއިރު ކުޑަ ބޭނުން ނުކުރުން
ކަނޑު ދަތުރުފަތުރު ކުރާއިރު:
° މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުން
° އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުން
° ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުން
° އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުން
° އުޅަނދުން ދަތުރުކުރާ އެންމެންވެސް ލައިފް ޖެކެޓު އަޅައިގެން ތިބުން
° އެމަޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތައް ފެންނާނެހެން އުޅަނދުގައި ބެހެއްޓުން



