ޑްރަގް މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރަން ހޯދަން އިއުލާނުކޮށްފިއެވެ.
ހޯދަން އިއުލާނުކޮށްފައި ވަނީ މުޙައްމަދު އިބްރާހިމް، ދަފްތަރު ނަމްބަރު ރސ 94/263 / މާލެ އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހޯދަމުންދަނީ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަކާއި ގުޅިގެން ކަމަށެވެ.
އެގޮތުން މުހައްމަދު އިބްރާހީމް ހާޒިރުކުރަން ޗިޓު ރައްދުކުރެވިފައި ނުވާތީ ފުލުހުން ވަނީ ތަހުގީގަށް ހާޒިރުވުމަށް އޭނާ އަށް އާންމުކޮށް އަންގާ އިއުލާނުކޮށްފައެވެ.
ފުލުހުން ވަނީ ސާރޖަންޓް އާދަމް ޚަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް އަށް މި މަހުގެ 13 ވަނަ ދުވަހުގެ 14:00 އަށް އޭނާ ހާޒިރުވާން އަންގާފައެވެ.



