އދ. މާމިގިލީގެ ދެ މަގެއްގައި މުހިންމު މަސައްކަތްތަކެއް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރަން ފަށައިފިއެވެ.
އާދައިގެ މަތިން އާރްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރަމުން، އެކުންފުނިން ރޭގައި ”އެކްސް“ މެދުވެރިކޮށް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާމިގިލީގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، އެ ރަށުގެ ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތާއި ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެ ރަށުގެ ގެވެހި މަގުގައި ޕަންޕު ސްޓޭޝަންގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމުގައި އާރްޑީސީން ބުނެފައިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށްތަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އާރްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



