ލ. ކަލައިދޫއާއި ދަނބިދޫ ގުޅާލުމަށް އަޅަން ނިންމާފައިވާ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ މަސައްކަތަށް ބޭނުންވާ މެޝިނަރީޒް މަސައްކަތު ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން ކޯޒްވޭގެ މަސައްކަތައް ބޭނުންވާ ޕައިލްސްގެ ފުރަތަމަ ޝިޕްމެންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.
އެހެންކަމުން ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސްެ އެ ކުންފުނިން ހާމަކުރެއެވެ.
މި މަޝްރޫއުގެ ދަށުން 42,624 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 271 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 752 މީޓަރުގެ ސްކައުރިން އޭޕްރަން ހެދުމާއި، 315 މީޓަރުގެ ބްރިޖެއް ހެދުމާއ،ި 714 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުން ހިމެނެއެވެ.
މީގެ އިތުރުން 7,266 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކޮށް މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ހިމެނޭ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.



