ކ. ހިންމަފުއްޓަށް ސްޓެލްކޯ އިން ފޮނުވި އައު ޖެނެރޭޓަރު ސެޓު އެ ރަށުގައި މިހާރު ބޭނުން ކުރަން ފަށައިފިއެވެ.
ސްޓެލްކޯ އިން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހިންމަފުށީގެ ޖަނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، 500 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް އެރަށަށް ފޮނުވާފައިވާ ކަމަށެވެ.
އެ ޖެނެރޭޓަރު ސެޓު މިހާރު ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.
އައު ޖަނަރޭޓަރު ސެޓާއެކު، ހިންމަފުށީގެ ޖަނެރޭޝަން ކެޕޭސިޓީ މިހާރު ވަނީ 2414 ކިލޯވޮޓަށް އިތުރުކުރެވިފައި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.



