ނ. ހޮޅުދޫ ޞިއްހީ މަރުކަޒުގެ އިމަރޖެންސީ ރޫމް ތަރައްޤީކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ހޮޅުދޫ ޞިއްހީ މަރުކަޒުގެ އިމަރޖެންސީ ރޫމް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އެހެންކަމުން އެ މަސައްކަތް ނިމުމުން ޞިއްްހީ މަރުކަޒުން އިމަރޖެންސީގައި ފަރުވާ ދިނުމަށް ގެންނަ ޕޭޝަންޓުންނަށް އަވަހަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ސިއްހީ ޚިދުމަތް ފުޅާކުރުމަށް ހޮޅުދޫ ސިއްހީ މަރުކަޒުގެ އިމަރޖެންސީ ރޫމު ތަރައްޤީކޮށްފައި ވާއިރު އެ މަރުކަޒުގައި ފުރަތަމަ ފަހަރަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް އިއްޔެ ވަނީ މަސައްކަތް ކުރަން ފަށާފައެވެ.
ލެވެލް 3 ގެ ނ. ހޮޅުދޫ ޞިއްހީ މަރުކަޒުން ވަނީ އެއީ ތާރީޚީ ދުވަހެއްގެ ގޮތުގައި އެކަން ފާހަގަކޮށްފައެވެ.
ހޮޅުދޫ އަކީ ނ އަތޮޅުގެ އާބާދީ އެންމެ ބޮޑު އެއް ރަށެވެ. އެ ރަށުގެ އާބާދީ ދެހާހަށް ވުރެ މައްޗަށް އަރައެވެ.
ކޮންމެ ރަށެއްގައި ވެސް، އެ ތަނެއްގެ ފެންވަރަށް ބަލައި ސިއްހީ ހިދުމަތް ތަރައްގީކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.



