ފެނަކަގެ ފަރާތުން ނ. މަނަދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު އަޕްގްރޭޑްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.
އެގޮތުން ފެނަކަ އިން މިއަދު ބުނީ، އެ ކުންފުންޏާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަދި މަނަދޫ ކައުންސިލުގެ އިދާރާއާ ގުޅިގެން، މަނަދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު އަޕްގްރޭޑްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، އެ ސެންޓަރުގައި ޖޮއިންޓް އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
މި އިންސްޕެކްޝަނުގައި އެ ސެންޓަރު ތަރައްގީކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ދިމާވެދާނެ ގޮންޖެހުންތަކާމެދު މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.
މަނަދޫގެ އިތުރުން ފެނަކަ އިން ނ. އަތޮޅުގެ ބައެއް ރަށްތަކުގައި މިހާރު ފަށާފައިވާ މަޝްރޫޢުތަކުގެ އަދާހަމަ ”އެކްސް“ ގައި ވަނީ ހިއްސާ ކޮށްފައެވެ.
ްއެގޮތުން އެ އަތޮޅު އެ ކުންފުންޏާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަދި ނ. މަގޫދޫ ކައުންސިލުގެ އިދާރާއާ ގުޅިގެން، މަގޫދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު އަޕްގްރޭޑްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، އެ ސެންޓަރުގައި ވެސް ޖޮއިންޓް އިންސްޕެކްޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި އިންސްޕެކްޝަނުގައި އެ ސެންޓަރު ތަރައްގީކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ދިމާވެދާނެ ގޮންޖެހުންތަކާމެދު މަޝްވަރާ ކުރިއެވެ.



