އިޒްރޭލުން އިއްޔެގެ އިރުއޮއްސުނު ވަގުތުން ފެށިގެން މިއަދުގެ ފަތިސް ވަގުތާ ހަމައަށް ޣައްޒާއަށް ދިން ހަމަލާތަކުގައި، ޣައްޒާއިން 78 މީހަކު ޝަހީދު ކޮށްލައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އިޒްރޭލުން ހަމަލާ ދީފައިވަނީ ފަލަސްތީނުގެ ”ރައްކާތެރި ސަރަހައްދު“ ގެ ގޮތުގައި ފާހަގަ ކޮށްފައިވާ ސަރަހައްދަށެވެ.
ޣައްޒާގެ ނަސްލު ނައްތާލައި، މުޅި ޣައްޒާ އެއްކޮށް ހިފުމަށް ޔަހޫދީން ދެމުންގެންދާ މި ހަމަލާތައް ހުއްޓާލުމަށް އ.ދ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ގޮވައިލަމުންނެވެ. އެހެންކަމުން ހަނގުރާމަ ހުއްޓާލުމުގެ ނުރަސްމީ މަޝްވަތާތަކެއް ވެސް އިޒްރޭލުން އަންނަނީ ހަމާސްއާއެކު ޤަތަރުގައި ކުރަމުންނެވެ. އެ މަޝްވަރާތައް ހުއްޓާލުމުގެ މަޝްވަރާތައް ކުރަމުން ގެންދިޔަ ނަމަވެސް، އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަށް އެއްވެސް ހުއްޓުމެއް ނާދެއެވެ.
މީގެއިތުރުން އިޒްރޭލުން ގެންދަނީ ޣައްޒާއަށް އަޅަމުން އަންނަ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ވަރުގަދަ ކުރަމުންނެވެ. ބަނޑުހައި ހޫނު ކަމުގައި ޣައްޒާގެ އެއްތައް ރައްޔިތުންނެއް މަރުވެގެންދާއިރު، ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރާ އެތައް ބައެއްވެސް އިޒްރޭލުން ވަނީ ހުއްޓުވާފައެވެ. އެގޮތުން އިޒްރޭލުގެ ނުބައިކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން މިހާރު ތިބީ ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތިން ވެސް މަހުރޫމް ވެފައެވެ.




