ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން، އެ ޤައުމަށް ކާބޯތަކެތި ވެއްދޭނީ ވަކި މިންވަރަކަށް ކަމަށް ޔަހޫދީ އިޒްރޭލުން ބުނެފިއެވެ.
އިޒްރޭލުން ވަނީ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށް، ޣައްޒާ އެއްކޮށް ނައްތާލާނެ ކަމަަށް ބުނެފައެވެ. އެގޮތުން ގަދަބާރުން ޣައްޒާއަށް ވެރިވެގަނެ، އެތައް ބަޔަކު ޣައްޒާއިން ޝަހީދު ކޮށްލުމުގެ އިތުރުން އިޒްރޭލުން ވަނީ ޣައްޒާއަށް ކާބޯތަކެތި ވެއްދޭނެ މަގުތައް ވެސް ބަންދު ކޮށްފައެވެ. އެކަމުގެ ސަބަބުން ޣައްޒާއިން އެތައް ބަޔަކު ވަނީ ބަނޑުހައި ހޫނު ކަމުގައިވެސް މަރުވެގެން ގޮސްފައެވެ.
އިޒްރޭލުން ދެމުން އަންނަ ލާއިންސާނީ އަދި ނިރުބަވެރި ހަމަލާތަކުގައި އިއްޔެ ވެސް ޣައްޒާއިން ވަނީ 151 މީހަކު ޝަހީދު ކޮށްލާފައެވެ.
އުތުރު ޣައްޒާގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލެއްގެ ޑައިރެކްޓަރ ޑރ. މަރްވާން އަލް-ސުލްތާން ބުނެފައިވަނީ އިޒްރޭލުން އެ ހޮސްޕިޓަލަށް އަމާޒުކޮށް ވެސް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެތަނުގެ އެތެރޭގައި ތިބި 55 މީހަކު ތާށިވެފައި ތިބި ކަމަށެވެ.
މީގެއިތުރުން އިޒްރޭލުން ވަނީ ޣައްޒާގެ ގެއަކަށް ހަމަލާދީ، އެ އާއިލާގައި ތިބި 24 މީހަކަށް އެހީތެރިވާން ދިޔަ ރެސްކިޔު އޮފިސަރުންތަކެއް ވެސް ހުއްޓުވާފައެވެ.



