2026 ވަނަ މުލީގެ މަގު ހެދުމުގެ މަޝްރޫޢު ސަރުކާރުން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މުލީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މުލީ އެއާޕޯޓު ހުޅުވުމާއެކު އިޤްތިސާދީ ގޮތުން އެ ރަށާއި އަތޮޅަށް ކުރިއެރުން ގެނައުމުގައި އެއާޕޯޓް ވެގެންދާނީ އިޤްތިސާދީ ދޮރާއްޓަކަށް ކަމަށެވެ.
އެއާޕޯޓު ހުޅުވުމާއެކު ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައިގެންދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެންމެ މުހިންމީ އެއަޕޯޓުކަމަށާއި، ޓޫރިޒަމް މިނިސްޓްރީން ރައްޔިތުން އެދޭގޮތަށް އެ މަސައްކަތް ކުރިއަށްގެންގޮސް ވައުދު ފުއްދައިދޭނެ ކަމަށެވެ.
ހަމައެހެންމެ މުލީގެ ތަރައްގީއަށް ކުރިއަށްގެންދަން ނިންމަވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގެ މަގު ހެދުމުގެ މަޝްރޫޢު 2026 ވަނަ އަހަރު ސަރުކާރުން ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މުލީގައިވެސް 300 ހައުސިން ޔުނިޓް އެޅުމަށް އިއުލާންކޮށްފައިވާނެ ކަމަށާއި އެ މަޝްރޫޢު ވެގެންދާނީ އުންމީދުގައި ވަރަށް ގިނަ ކުލަތައް ޖެހޭނެ މަޝްރޫއަކަށް ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތްވެސް ފަށަން ތައްޔާރުވެފައިވާ ކަމަށާއި އެތަނުގެ ޚިދުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.


