ދުންފަތުގެ ވިޔަފާރިން ދައުލަތަށް އާމްދަނީ ހޯދަން ހިޔާލު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރުމަށް ”ޖެނެރޭޝަނަލް ބޭން“ ގެނައުމުގެ ބިލު މިއަދު ތަސްދީގު ކުރެއްވުމަށްފަހު ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނޫސްވެރިޔާ ރައީސްއާ ސުވާލު ކޮށްފައިވަނީ ދުންފަތް ކޮންޓްރޯލު ކުރުމުން ދައުލަތަށް ވާންނަނެ އާމްދަނީ މަދުވާނެތޯއެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއަޒު ވިދާޅުވީ، އެމަނިކުފާނަށް ރަނގަޅީ ވެސް ރާއްޖެ އަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމުގެ އެއްވެސް ކަމެއް ނުހިނގިއްޔާ ކަމަށެވެ.
”މި ދާއިރާ ކުރިއަށް ނުގޮސްގެން އަޅުގަނޑު ހާހެއް ނުވޭ. މި ދާއިރާއިން އާމްދަނީ ހޯދާކަށް ވެސް ހިޔާލެއް ނުކުރަން ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވިީ، ދުންފަތުގެ ޓެކްސް އަށް ދައުލަތަށް ލިބޭ އެއްޗެއް ނަމަ ހޭދަކުރަން މި ސަރުކާރުން ނިންމާފައި ވަނީ އާންމުންގެ ސިއްހަތަށް ކަމަށެވެ.



