މުހިންމު މަސައްކަތެއް ކުރުމަށް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހުޅުމާލެ ފޭސް 1، ނިރޮޅުމަގު އަދި ޗަންބޭލީމަގު ގޯޅި 7 އަދި 9 ހިމެނޭ ސަރަހައްދުން 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ (މިއަދު) 14:00 އާއި 15:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިފަދައިން ކަރަންޓު ކެނޑުމުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.
ސްޓެލްކޯ އިން ދަނީ އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ކަރަންޓުގެ ޙިދުމަތް އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުންނެވެ.




