ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދަކީ ދުނިޔޭގެ ދިރޭ ތަކެތީގެ ނަސްލުގެ ދުވަސް ކަމަށްވުމާއެކު، މި ދުވަހުގެ ތަހުނިހާ އަރިސް ކުރައްވަމުން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވީ، ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް ކަމަށާއި މި އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެން ކަމަށެވެ.
މިއަދު ފާހަގަ ކުރާ މިއަހަރުގެ ދިރޭ ތަކެތީގެ ނަސްލުގެ ދުވަހުގެ ޝިއާރަކީ ”ބީ ދަ ޗޭންޖް (ތަފާތަށް ވާށޭ)“ އެވެ.
މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދުނިޔޭގެ ދިރޭ ތަކެތީގެ ނަސްލު ހިމާޔަތް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރި ކުރުވުމެވެ.



