ފުލުހުންގެ މައި މަރުކަޒު އަޅަން ހުޅުމާލެއިން ބިމެއް ދީފިއެވެ.
ފުލުހުންގެ މައި މަރުކަޒު އަޅަން ބިން ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ފުލުހުންނާއެކު އެޗްޑީސީން މިއަދު ވަނީ ސޮއިކޮށްފި އެވެ.
ފުލުހުންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ.
އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އެވެ.
ފުލުހުންގެ މައި މަރުކަޒު އަޅަން ހުޅުމާލެއިން ބިމެއްދީފައިވާކަން ހާމަކޮށްފައިވީ ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ކަމާ ގުޅޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ
ފުލުހުންގެ މައި މަރުކަޒުގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަނީ 1999 ވަނަ އަހަރު ފުލުހުންނާއި ސިފައިން ބޭނުންކުރަންފެށި ޝަހީދު ހުސައިން އާދަމް ބިލްޑިން އެވެ.




