ހުޅުމާލެ ބީޗް ސަަރަހައްދުގައި ހުއްދަނެތި ޑްރޯން އެރުވި މީހަކަށް ފުލުހުން ނަސޭހަތްދިނުމުން އޭނާއަށް އަނިޔާކުރި ކަމަށް ތުހުމަތުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ރޭ 20:40 ހާއިރު ހުޅުމާލެ ފޭސް 2ގެ ނިކަގަސްމަގު ބީޗް ސަރަހައްދުގައި މީހަކު ޑްރޯން އަރުވާތީ އޭނާގެ އަތުގައި ހުއްދަ އޮއްތޯ އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ސުވާލުކޮށްފައިވާ ކަމަށެވެ.
އަދި އޭނާއާ ސުވާލުކުުރުމުން މަޢުލޫމާތު ދިނުމަށާއި ހުއްދަ ދެއްކުމަށް އިންކާރުކޮށް ހުއްދަ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ހަޑިހުތުރުބަހުން ފުލުުހުންނާއި މުއާމަލާތުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގެ ތުހުމަތުގައި ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް އެ މީހާ ގެނެސް ސުވާލުކޮށް ހުއްދަނެތި ޑްރޯން އެރުވުމުން ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ހާދިސާގައި ފުލުހުންގެ ބެލުމުގެ ދަށައް ގެނައި މީހާއަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރާތީ އެކަމާއި ގުޅިގެން ބަލަން ޖެހޭކަންކަން ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް މިހާތަނަށް ބެލިބެލުމުން އެފަދަކަމެއް ހިންގާފައިވާކަމަށް ނުބެލެވޭކަމަށް ފުލުހުން ބުނެފައިވެއެވެ.



