މުޖުތަމަޢު ހޭލުންތެރި ކުރުމަށް ހިންގާ ”ހޭލުންތެރި މީޑިއާ“ ގެ މާލެ އަތޮޅު ޕްރޮގްރާމް ފަށައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮރާމުގައި ކ އަތޮޅުގެ ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނާއި ނޫސްވެރިންގެ އިތުރުން ބައެއް ޖަމިއްޔާތަކުގެ މެންބަރުން ބައިވެރިވެފައިވާ ކަަމަށެވެ.
މިއީ ޔޫތު މިނިސްޓްރީން ކ. ތުލުސްދޫގައި މި މަހު 22 އިން 23 އަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ދެ ދުވަހަށް ކުރިއަށް ގެންދާ މި ޓްރެއިނިން ޕްރޮގްރާމްގައި ތުލުސްދޫ، ދިއްފުށި، ހިންމަފުށި، ހުރާ، ގުޅި އަދި މާފުށިން 23 ބައިވެރިން ބައިވެރިވެފައިވެއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ހިއްސާކުރާ މައުޟޫތަކުގެ ތެރޭގައި، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަޙްލާޤު، ނޫސްވެރިކަމުގެ ވައްތަރުތަކާއި ލިޔުންތެރިކަމުގެ ވައްތަރުތައް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ތަރައްޤީގައި ނޫސްވެރިންގެ ދައުރު، ތަޙުޤީޤީ ނޫސްވެރިކަން އެކި އެކި ފިކުރުތަކާއި ނޫސްވެރިކަން އަދި ނޫސްވެރިކަމުގެ ބަސްމަގު، އަސްލާއެއްގޮތް ހަބަރުތަކާއި އޭއައި ޖެނަރޭޓޭޑް ހަބަރުތަކާއި ގުޅޭގޮތުން ވަނީ މަޢުލޫމާތުދީފައިވާ ކަމަށް ޔޫތު މިނިސްޓްރީން ހާމަކުރެއެވެ.



