”ވާނުވާ ބަންދުގައި“ ނުވަތަ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ މީހުން އިލެކްޓްރޯނިކް ނިޒާމެއްގައި، ޓެގު އަޅުވައި ދޫކުރުމަށްޓެގު އަޅުވައި ދޫކުރަނީ ފުލުހުންނާއި ކަރެކްޝަންސްއިން އެސެސްމަންޓެއް ހެދުމަށްފަހު ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ވާނުވާ ބަންދުގައި ތިބި މީހުން ޓެގު އަޅުވާފައި، އަދި ޝަރުތުތަކަކާއެކު ދޫކުރަން ނިންމާފައިވާކަން ޕީޖީ އޮފީހުން ހާމަކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން ބުދަ ދުވަހުން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމައިފައިވާ ކަމަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެގޮތަށް ދޫކޮށްލަން ހުށަހެޅުމަށް ހުޅުވައިލީ މިދިޔަ ބުދަ ދުވަހު ކަމަށާއި އޭގެފަހުން މިހާރު އެއް ދުވަސް ފާއިތުވެފައިވާއިރު، އެކަމަށް އެދި ބައެއް ފޯމުތައް ލިބިފައިވާ ކަމަށެވެ.
”ފޯމު ހުށަހެޅުމުން އަދި އަޅުގަނޑުމެން ހަދާނެ ފުލުހުންނާއި ކަރެކްޝަންސްގެ ފަރާތުން އެސެސްމެމަންޓެއް. އޭގެފަހުން ދޫކޮށްލުމުގެ ކަންކަން ޕްރޮސެސްވަމުން ދާނީ. އެހެންވީމަ ފޯމު ހުށަހެޅުމަށްފަހު، އަދި ދުވަސްކޮޅެއް ނަގާނެ ދޫކޮށްލުމާ ދޭތެރޭ“ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިހާތަނަށް އަދި އެއްވެސް މީހަކު އެފަދައިން ދޫކޮށްލާފައިނުވާ ކަމަށެވެ.



