ހުޅުމާލެ ދެވަނަ ފިޔަވަހި، ފަރުކޮޅުފުށި ސަރަޙައްދުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފަވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ ހަވާ އެރުވުމަށް ހަމަޖެހިފަވަނީ ފަރުކޮޅުފުށީގައި މިރޭ 9:45 ގައި ކަމަށެވެ.
މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި ހަވާ އެރުވުން ކުރިއަށްދާނީ މުޅިއަކު 3 މިނެޓަށް ކަމަށް ވެސް ސިފައިން ބުނެފައިވެއެވެ.
ޚާއްސަ ހަރަކާތްތަކާ ގުޅިގެން ސިފްކޯއިން ދަނީ ވިޔަފާރި އުސޫލުން ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވަމުންނެވެ.
އެގޮތުން ރޭގައި ވެސް އެމްއެންޑީއެފް އިން ވަނީ ހުޅުމާލޭ ފަރުކޮޅުފުށީގައި ތިން މިނެޓަށް ހަވާ އަރުވާފައެވެ.



