ހުޅުމާލޭގައި މިރޭވެސް ހަވާ އަރުވަން ތައްޔާރުވެއްޖެއެވެ.
މިރޭ ހަވާ އަރުވާއިރު ފާއިތުވީ ދެ ރޭ ވެސް ހުޅުމާލޭގައި ވަނީ ހަވާ އަރުވާފައެވެ.
އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލާ ދިމާ ބޭރުން ހަވާ އަރުވާފައިވަނީ ”މޯލްޑިވްސް އެކްސްޕޯ 2025“ ފެށުމުގެ މުނާސަބަތާ ގުޅިގެންނެވެ.
އޭގެ ފަހުން ރޭގައި ހަވާ އަރުވާފައިވަނީ ސަންގު ޓީވީގެ 10ވަނަ އަހަރީ ދުވަހާ ގުޅިގެންނެވެ.
އެމްއެންޑީއެފުން މިއަދު ވަނީ، ތިން މިނެޓެއް ހާއިރު، މިރޭ 9:45 ގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ހަވާ އަރުވާނެކަން އިއުލާންކޮށްފައެވެ.
މިރޭ ހަވާ އަރުވަނީ ލިވަޕޫލްއިން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާތީ، އެކަމުގެ އުފަލުގައެވެ.
ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ފަރާތުން ހަވާ އެރުވުން އިންތިޒާމުކުރާއިރު، ހަވާ އެރުވުމަށް ނިންމާފައިވަނީ މިރޭ ލިވަޕޫލާއި ކްރިސްޓަލް ޕެލެސް ކުޅޭ މެޗު ނިމުމުން ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.




