މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މުލީ ހޮސްލިޓަލުން މިކަން ފާހަގަކުރީ މިއީ މުޅި މ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ވަރަށް ވެސް އުފާވެރި ދުވަހެއްގެ ގޮތުގައި ކަމަށެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލުން ބުނީ މިއީ ބޮޑު ޚަރަދުކޮށްގެން އަތޮޅުން ބޭރަށްގޮސް ޑައިލިސިސްގެ ޚިދުމަތް ހޯދަން ޖެހުން ނިމުމަކަށް އައުން ކަމަށެވެ.
މިއީ މި އަހަރުގެ ތެރޭގައި ޑައިލިސިސްގެ ޚިދުމަތް ފެށި 3 ވަނަ ރަށެވެ.
މި އަހަރު ގެ ފެބުރުއަރީ މަހު، ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައަލިސިސްގެ ޚދިުމަތް ވަނީ ފަށާފައެވެ. އަދި އޭޕްރީލް މަހު ނ. ވެލިދޫ ޞިއްޙީ މަރުކަޒުގައި ވަނީ މި ޚިދުމަތް ފަށާފައެވެ.
ހެލްތު މިނިސްޓްރީން ބުނީ ސަރުކަރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުން ކަމަށެވެ.
ޑައިލިސިސްގެ ޚިދުމަތް މިހަރު ނުލިބެނީ އއ ، އދ، ވ، ފ، އަދި ދ އަތޮޅުގައެވެ.


