ފައިނޭޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މާސްޓަރ ޕްލޭނުން މަގުފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ބޭއްވި ހުޅުމާލޭގެ މާސްޓަރ ޕްލޭނާއި ރަސްމީ ވެބްސައިޓު އިފްތިތާހު ކޮށްދެއްވުމަށްފަހު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ގްރޭޓަރ މާލެ ސަރަހައްދުގައި، ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ބައްޓަށް ކުރުމަށް ވަރަށް ބޮޑަށް މި މާސްޓާ ޕްލޭނުގައި މަގުފަހި ވެގެން ދާނެ ކަމަށެވެ.
އެގޮތުން ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރުމަކީ ރައީސް މުޢިއްޒު ވަރަށް ބޭނުންވާ ކަމެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓު ގާއިމް ވެފައިވާ ގޮތަށް އެއާ ގުޅޭނެ ގޮތަށް ފައިނޭންޝަލް ސީޓަކީ ހުޅުމާލެ ކަމުގައި ހެދުމަކީ އެމަނިކުފާނު އެންމެ ބޭނުންވާ ދެމެހެއްޓެނިވި ތަރައްޤީ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން އިފްތިތާހު ކުރި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، މިއަދު އިފްތިތާހު ކުރެވުނު މަސައްކަތަކީ، ޓްރާންސްފޮމޭޓިވް ބަދަލެއް އަންނާނެ މަސައްކަތެެއް ކަމަށެވެ.



