ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެ މަޤާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.
މި މަޤާމަށް ބޭފުޅުން އައްޔަން ކުރައްވާނީ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށްފަހު ހޯމް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
އެގޮތުން އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން ހޯމް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ސުޖާއު މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ސުޖާއު އިސްތިއުފާދެއްވުމުން ރައީސް ވަނީ އެ މަޤާމަށް ވަގުތީގޮތުން ބޭފުޅަކު އައްޔަނު ކުރައްވާފައެވެ.



