ގޭބިސީތަކުގެ ކަރަންޓުގެ އަގު، މިހާރަށްވުރެ ހެޔޮކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.
މިކަން އިއުލާނު ކުރައްވާ ރައީސް މުޢިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި ފެށޭ ޖޫން މަހުގެ 1 އިން ފެށިގެން މުޅި ރާއްޖޭގެ، ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ތިރީގައިވާ ގޮތަށް ކުޑަކޮށް، އެކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.
ރައީސް ކަނޑައެޅުއްވި ރޭޓުތައް:
° ބޭންޑް 0 – 100: މިހާރުގެ ރޭޓް 1.50، އައު ރޭޓް 1.25 (ޑިސްކައުންޓް %17)
° ބޭންޑް 101 – 200: މިހާރުގެ ރޭޓް 1.70، އައު ރޭޓް 1.50 (ޑިސްކައުންޓް %12)
° ބޭންޑް 201 – 300: މިހާރުގެ ރޭޓް 2.15، އައު ރޭޓް 1.50 (ޑިސްކައުންޓް %30)
° ބޭންޑް 301 – 400: މިހާރުގެ ރޭޓް 2.50، އައު ރޭޓް 1.50 (ޑިސްކައުންޓް %40)
° ބޭންޑް 401 – 500: މިހާރުގެ ރޭޓް 2.95، އައު ރޭޓް 2.66 (ޑިސްކައުންޓް %10)
° ބޭންޑް 501 – 600: މިހާރުގެ ރޭޓް 3.55، އައު ރޭޓް 3.20 (ޑިސްކައުންޓް %10)
° ބޭންޑް +600: މިހާރުގެ ރޭޓް 4.25، އައު ރޭޓް 3.83 (ޑިސްކައުންޓް %10)
ރައީސް މުޢިއްޒު ކަނޑައަޅުއްވާފައި މިވާ އައު ރޭޓުތަކާއެކު، ސްޓެލްކޯއާއި ފެނަކައިން ފޯރުކޮށްދެމުންދާ ކަރަންޓުގެ އަގު ބޮޑުތަނުން ހެޔޮވެގެން ދާނެއެވެ.



