މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް އަލުން ލިބެން ފަށައިފިއެވެ.
މިއަދު މެންދުރު 12:30 ހާއިރު ދިމާވި ޓެކްނިކަލް މައްސަލައެއްގައި މާލެ އާއި ހުޅުމާލެ އަދި ހުޅުލެއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.
ސްޓެލްކޯއިން ދެންމެ ބުނީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓުގެ ޚިދުމަތްދީފައި ކަމަށެވެ.
”ނުދެވި ހުރި ސަރަހައްދުތަަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިދަނީ ކުރަމުން“ސްޓެލްކޯ އިން ބުނެފައިވެއެވެ.
މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް އަލުން ދޭން ފަށާފައިވާއިރު ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް އަލުންދީފައި ކަމަށް ސްޓެލްކޯއިން މީގެ ގަޑިއިރެއް ހާއިރު ކުރިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިންވެސް ބުނީ މިއަދު މެންދުރު ފަހު 2:05 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.



