ރޭގެ ވަގުތެއްގައި މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ މިއަދު ބުނީ މާލެ ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 3:10 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން އެ ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާ އަށް ފަރުވާދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



