ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ހަމެޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ އަށް ވަޑައިގެންނެވުމާ ގުޅޭ ގޮތުން އިންޑިއާ އިން އަދި ރާއްޖޭގެ ސަރުކާރުންވެސް މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދާދި ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި މި ފެށޭ ޖުލައި މަހު މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ރާއްޖެ ވަޑައިގެންނެވުމަށް މޯދީއަށް ވަނީ ދައުވަތުދެއްވާފައެވެ.
އަދި ފޮރިން މިނިސްޓަރު ޚަލީލް އެ ދައުވަތުދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް މުޢިއްޒު ވަނީ އިންޑިއާއަށް ވަޑައިގެން މޯދީއާއި ބައްދަލުކުރައްވާފައެވެ.
މޯދީގެ މި ދަތުރުވެގެންދާނީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅަށެވެ.



