ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ސަލީމް އައްޔަނު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަޤާމު ހުސްވީއެ މަގާމުގައި ކުރިން ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ހުސްވެފައިވާ އެ ދެ ފަނޑިޔާރުންގެ މަޤާމަށް ހުޅުވާލުމުން ޖުމްލަ 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
އެގޮތުން އެ ބޭފުޅުންގެ ތެރެއިން ޖޭއެސްސީ އިން އެންމެ މަތިން މާކްސް ދެއްވާފައި ވަނީ ފަނޑިޔާރު ސަލީމާއި އަބްދުﷲ ހަމީދަށެވެ.
އެހެންކަމުން މި މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.



