މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވަން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
މި މަސައްކަތު ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހު މާލޭގައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މުނިފޫހިފިލުވުމުގެގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުން ކަމަށެވެ.
އެގޮތުން އެ މިނިސްޓްރީން ވަނީ މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް ހުޅުވާލާފަ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ފޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.



