މަގުމަތިން ދިޔަ މީހެއްގެ ފޯނު ޖަހައިގަތުމުން ހަތަރު މަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
އޭނާ ޖަލަށް ލާން ކޯޓުން ނެރުނު އަމުރުގައި ބުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 4 ވަނަ ދުވަހު00:14 އެހާކަންހާއިރު މާލޭގެ މަގުމަތިން ހިނގާފައިދިޔަ އަންހެންކުއްޖެއްގެ އަތުގައި އޮތް ފޯނު ޖަހައިގަނެފައިވާ ކަމަށެވެ.
އެގޮތުން އޭނާގެ މައްޗަށް އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ކުރާ ކަމަށް އަމުރުގައި ބުނެފައި ވެއެވެ.
މި މައްސަލާގެ ޝަރީއަތުގައި އޭނާ ވަނީ އެކަން ކުރި ކަމަށް އިއުތިރާފްވެފައެވެ.
އެހެންކަމުން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މައްސަލަ ކުރިއަށް ގެންގޮސް އޭނާގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.


