ޑްރަގް ޓްރެފިކިންގ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހޯދަން އިއުލާނުކޮށްފައި ވަނީ ތ.ގާދިއްފުށި / ކެނެރީގެ، އިބްރާހީމް ޢިމާދު (31އ) އެވެ.
ފުލުހުން މިއަދު ބުނީ ޑްރަގު ޓްރެފިކިންގ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވާ ކަމަށެވެ.
ނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ތަހުގީގަށް ހާޒިރުވުމަށް އާންމުކޮށް އަންގާ އިއުލާނުކުރާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ.
މިގޮތުން އޭނާ ހާޒިރުވާންޖެހޭ ކަމަށް ފުލުހުން ބުނެފައި ވަނީ 2025 ޖޫން 14 ވަނަ ދުވަހުގެ 14:00 އަށް ސާޖަންޓް އާދަމް ޚަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ.




