ކަރަންޓު ބިލާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ ސްޓެލްކޯގެ ކޯލު ސެންޓަރ ނަންބަރު 1545 އަށް ގުޅާލުމަށް އެ ކުންފުނިން އެދިއްޖެއެވެ.
ކަރަންޓު ބިލު ކުޑަ ކުރުމަށް ސަރުކާރުން ނިންމުމަށްފަހު، ކަނޑައެޅި އައު ޓެރިފް ރޭޓުތަކުގެ ދަށުން، މިދިޔަ މަހުގެ ކަރަންޓު ބިލު ފޮނުވިއިރު ބިލުތައް މާބޮޑު ކަމަށް ބުނެ އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ކުރަމުންނެވެ.
އެ ޝަކުވާތަކާ ގުޅިގެން ސްޓެލްކޯއިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަރަންޓު ބިލާ ގުޅޭ މަޢުލޫމާތު ހޯދުމަށް ނުވަތަ ބިލްތަކާ ގުޅިގެން ޝަކުވާއެއް އޮތްނަމަ، ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރ ހޮޓްލައިން 1545 އަށް ގުޅުމަށެވެ. އަދި ސްޓެލްކޯ ކެއަރގެ ޚިދުމަތް އޮންލައިންކޮށް ހޯދެވުމަށް، ކިއުއާރު ކޯޑު ސްކޭންކުރުމަށް ވެސް ބުނެފައިވެއެވެ.

ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓު ކުޑަކުރިކަން ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ވަނީ އިއުލާނު ކުރައްވައިފަ އެވެ.




