ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ފަރާތުން އައިޖީއެމްއެޗްގައި ތަރައްގީ ކުރަމުން އަންނަ 75 އެނދުގެ ވޯޑް ކޮމްޕްލެކްސް މަސައްކަތުގެ އަދާހަމަ އެ ކުންފުނިން ރޭގައި ހިއްސާ ކޮށްފިއެވެ.
އައިޖީއެމްއެޗްގެ 75 އެނދުގެ ވޯޑު ކޮމްޕްލެކްސް މަސައްކަތް އާރްޑީސީން ފަށާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތެރޭގައެވެ.
މި މަޝްރޫޢުގެ ތެރެއިން ޖެނެރަލް ވޯޑުގައި 44 އެނދު، އަދި ޑިޕެންޑެންސީ ޔުނިޓުގައި 15 އެނދު ހިމެނެއެވެ.
މީގެއިތުރުން ވޯޑުގައި 33 ފާހާނާއާއި 6 ނަރސަސް ސްޓޭޝަން ވެސް މިހާރު ވަނީ ގާއިމު ކޮށްފައެވެ.
މި މަސައްކަތްތައް ކޮށްފައިވަނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކުގައި ކަމަށް އާރްޑީސީން ބުނެފައިވެއެވެ.
އާރްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތުގެ ތެރޭގައި ޖުމްލަ 75 ކިލޯ މީޓަރަށްވުރެ ދިގުކޮށް ކޭބަލް އެޅުމާއި 500 އަށްވުރެ ގިނަ ނެޓްވޯކް ޕޮއިންޓުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
މޫގެއިތުރުން 24 އޮޓޮމެޓިކް ދޮރުގެ މަސައްކަތާއި 75 އެނދާއި 32 ފާހާނާ ހިމެނޭހެން ޕްރައިމަރީ ނަރސް ކޯލް ސިސްޓަމް ވެސް ވަނީ ގާއިމު ކޮށްފައެވެ.
މި ވޯޑުތަކުގެ އައިސީޓީ ފެސިލިޓީ ގާއިމު ކުރުމުގެ މަސައްކަތަކީ އާރްޑީސީން މިހާތަނަށް ކޮމާޝަލްކޮށް ކުރި އެންމެ ބޮޑު މަސައްކަތްކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.



