ސަރުކާރުގެ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ވެހިކަލްތައް (އީވީ ޓެކްސީތައް) ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ޓްރާންސްޕޯޓު މިނިސްޓަރު އަމީން ބައްލަވާލައްވައިފިއެވެ.
އެ ޒިޔާރަތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ އިސްވެރިން ވެސް ޓްރާންސްޕޯޓު މިނިސްޓަރާއެކު ބައިވެރިވެވަޑައިގެންނެވިއެވެ.
ސަރުކާރު ޓެކްސީ ލައިންގެ ކާރުތައް ޕާކްކުރަން ބިން ހަމަޖައްސާފައި ވަނީ ހުޅުމާލެ ފޭސް ތިނަކުންނެވެ.
ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ފެށުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
އެގޮތުން ޓެކްސީ ލައިނުގެ ހިދުމަތް އަންނަ އޮގަސްޓް މަހުގެ ފަހުކޮޅު ފަށަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
އަދި އެ ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި އަހަރު ދޭން ފަށާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.


