1446 ވަނަ އަހަރު ގައުމީ ފެންވަރުގައި ޢީދު ފާހަގަ ކުރާ އެއް ރަށް ކަމަށްވާ ހއ. ކެލާގެ ޢީދު ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެ ރަށަށް ވަޑައިގެންފިއެވެ.
މިނިސްޓަރު ކެލާ އަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ކެލައަށް މިނިސްޓަރ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެރަށު ބަނދަރު ސަރަހައްދުގައި ވަނީ މަރުހަބާގެ ލަވައެއް ހުށަހަޅާފައެވެ.
ކެލާގައި އީދު ހަރަކާތް ފެށުމުގެ ގޮތުން މިރޭ އީދު ވެދުމާ ދިއުމާއި ބޮޑުބެރު ހަރަކާތްތަކުގެ އިތުރުން ހަވާ އެރުވުންވެސް އޮންނާނެއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ކެލާ ދާއިރާގެ މަޖިލިސް މެމްބަރ އަބުދުالله ޝަރީފު އަދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.




